Tuesday, October 27
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި އެވެ

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރަޢީސް އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ ހަވާސާގައި އދ ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލު ކުރައްވާފައިވާއިރު ، މިއީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މި ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި އދ ގެ ސަލާމަތީ މަޖީލީހުގައިވެސް ތަގުރީރު ކުރައްވަން ހަމަޖެހިފައިވެއެވެ.
ގުޓަރޭޒް އާ އެކު ބޭއްވި މި ބައްދަލުވުމުގައި ޑރ މުއިޒު ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެ އިން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރި ދައުރެއް އަދާކުރުމަށާއި ، ހާއްސަ ގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު