Tuesday, October 27
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖް ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި

މާލޭ ސަރަހައްދުގައި ޓެކްސީ ގެ ގޮތުގައި  ރަޖިސްޓްރީކުރަން ގަރާޖް ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.

ކުރިން ވެހިކަލް ރަޖިސްޓަރީ ކުރުމަށް މާލޭ ސަރަހައްދުގައި ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ވަނީ މި ދިޔަ އަހަރެވެ.

އަދި އޭރުވަނީ  ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000ރ. ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް ބަދަލު ކޮށްފައެވެ. ނަމަވެސް މި ގަވާއިދަށް އަމަލުކުރުން މި ސަރުކާރުން އޮތީ މަޑުޖައްސާލައިފަ އެވެ.

ގަރާޖަކާ ނުލައި ފީއެއް ނަގައިގެން ރަޖިސްޓްރީކޮށްދިނުމަކީ މިހާރު އޮތްގޮތުން ގާނޫނީ ގޮތުން އެކަން ކުރެވޭނެ ގޮތަކަށް ނުވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭޖީގެ އެކު ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކޮށް ގެޒެޓްކޮށްފަ އެވެ.

މިހާރު ގަވާއިދަށް މި ގެނެވުނު ބަދަލާ އެކު ދެން ޓެކްސީ ރަޖިސްޓްރީކޮށްދޭނީ ކުރިންވެސް އޮންނަ ގޮތަށް ގަރާޖެއް އޮވެގެންނެވެ.

އެއްވެސް އުޅަނދެއް ގަރާޖް ސިޓީ އާ ނުލައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރުމަކީ ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު