Tuesday, October 27
މާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް އަނެއްކާވެސް ނަގަން ފަށައިފި

މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން މާލޭ މަގުތަކުގަި ހުރި ބާ އުޅަނދުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުން އެ މަސައްކަތް ފަށާފައިވަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

ކައުންސިލުން ބުނި ގޮތުގައި މާލޭގެ އެކި މަގުތަކުގައި ބޭނުން ނުކުރާތާ އެތައް އަހަރެއްވީ އުޅަނދުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ވެހިކަލްތައް ހުރީ ބާވެ، އެކި ބައިތައް ވެސް ނެތިފައި ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް މިދިޔަ ފެބުރުއަރީ މަހު، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ވެސް ކުރި އެވެ.

މާލޭގައި ޕާކު ކުރުމުގެ ދަތިކަން އިންތިހާއަށް އޮންނަ އިރު ނުގަވާއިދުން ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އަދި މާލޭގައި ދުއްވާ ވެހިކަލްތައް ކޮންޓްރޯލު ކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ތައްޔާރު ވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ކުރިން މައުލޫމާތު ދީފައެވެ.

މާލެ އާއި ހުޅިމާލޭގެ އެކި ސަރަހައްދު ތަކުގައި ބާ ވެހިކަލްތައް ބަހައްޓާފައި ހުންނަ މައްސަލަ ފަހުން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ހަލާކުވެފައި ހުންނަ ވެހިކަލްތައް ވެސް މަގުތަކުގައި ހުންނަކަން ފާހަގަ ކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު