Tuesday, October 27
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު ފުލުހުން އިއްޔެ އަތުލައިގަނެފި

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހޯދަމުން އައި ދިވެއްސަކު  ފުލުހުން އިއްޔެ އަތުލައިގަނެފި އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠް އަބްދުﷲ، 19 އެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ  ތަހުގީގުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ކޯޓުގައި އޭނަގެ ދިފާއުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިންޒާރު ދިނުމަށް ފަހުކަން އެނގޭތީ، އޭނާ ހައްޔަރުކުރީ ރަނގަޅަށް ކަމަށް މުއްދަތު މަޖިލީހުގައި އިންނެވި  ކްރިމިނަލް ކޯޓު ގާޒީ އިސްމާއިލް ޝާފިއު ވަނީ ނިންމަވައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު