Tuesday, October 27
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އިމިގްރޭޝަނުން އަނެއްކާވެސް ޑީޕޯޓު ކޮށްލައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން 30 އަށްވުރެ ގިނަ ބިދޭސީ އިއްޔެ ޑީޕޯޓު ކޮށްލައިފި އެވެ.

އެކްސްގައި އިމިގްރޭޝަނުން  ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ ވަނީ 30 މީހުން ޑީޕޯޓު ކޮށްފައެވެ.

މި މަސައްކަތަކީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށްޓަކައި މެދުނުކެނޑި ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުން  އިއްޔެ ޑީޕޯޓްކުރީ ބަންގްލަދޭޝާއި ސްރީލަންކާގެ އިތުރުން އިންޑިއާ އަދި ނޭޕާލަށް ނިސްބަތްވާ ބިދޭސީން ތަކެކެވެ.

މިފަކަށް އައިސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ފުޅާ އޮޕަރޭޝަން ތަކެއް ހިންގަން ފަށާފައެވެ. މިގޮތުން މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ގަވާއިދާ ހިލާފުވެގެން ވަނީ ޑީޕޯޓު ކޮށްފައެވެ.

އަދި އިމިގްރޭޝަނުން ފަށާފައިވާ މި މަސައްކަތް ރާއްޖޭގެ އެހެން ކަންކޮޅުތަކަށް ފުޅާކުރާނެ ކަމަށްވެސް ކުރިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު