Tuesday, October 27
ރައީސް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އދ. ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް  އޮފީހުން ހާމަކުރައްވާފައިވެއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައިވަނީ، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމުގައެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު އދ. އާންމު މަޖިލީހުގައީހުގައި ޚިޠާބު އިއްވަވާނެ ކަމަށާއި، އާންމު މަޖިލީޖިލީހުގެ ހަވާސާގައި ބޭއްވޭ "ސަމިޓް އޮފް ދަ ފިއުޗަރ" ގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސަރުކާރުން އިޢުލާނުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާޠަބުކުރައްވައި ރައީސް ޚިޠާބެއް އިއްވެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

މިއީ ރައީސް މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އދ. އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ޤައުމީ މަޞްލަޙަތުތަކަށް ވަކާލާތުކުރެއްވުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހާޒިރީ ފާހަގަކުރެއްވުމަށް މުހިންމު ފުރުޞަތުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު