Tuesday, October 27
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުޅުމާލެއިން ބިމެއް ބައްލަވައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން  9.4 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.

އިއްޔެ ސިވިލް ކޯޓުން ނިންމި ޙުކުމެއްގައި، ލޮޓް ނަންބަރު 20339 ގެ މިލްކުވެރިކަން އިބްރާހިމް ޝުޖާއުއަށް ވަނީ ކަނޑައަޅުއްވައިފައެވެ.

މި ބިމަކީ 2،196.37 އަކަފޫޓުގެ ބޮޑުމިނުގެ ބިމެކެވެ. ބިމުގެ އަގަކީ 8،785،480 ރުފިޔާ ކަމަށާއި، ޖީ.އެސް.ޓީ އާއެކު ޖުމްލަ 9،488،318 ރުފިޔާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކަވާ ޚަލާޞްކުރައްވާފައިވާ ކަމަށް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައިވެއެވެ

އިބްރާހިމް ޝުޖާއުގެ ސިޔާސީ މަސަސައްކަތްޕުޅުގެ ތަފްޞީލަށް ބަލާއިރު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ 2014 ވަނަ އަހަރުގެ އިންތިޚާބުގައެވެ.

2019 ވަނަ އަހަރުގެ އިންތިޚާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް، ކާމިޔާބު ނުވިއެވެ. އޭގެ ފަހުން، 2021 ވަނަ އަހަރުން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

އަދި އެންމެ ފަހުން، ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީ.އެން.ސީ) ގެ ޓިކެޓުގައި ވާދަކުރައްވައި، އަލުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވިވަޑައިގެންފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު