ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު 2:55 އެހާކަންހާއިރު ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ހާމަކުރެއްވި ގޮތުގައި މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ގަވާއިދާ މުޅިން ޚިލާފަށް، ވަންވޭއާ ދެކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލުގައި ތިން މީހުން އަރުވައިގެން ދަތުރުކޮށްފައިވާއިރު، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށާއި އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ޖުމްލަ ފަސް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. އަނިޔާވި މީހުންނަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކުގެ އޮޕަރޭޝަން މިއަދު ހެނދުނު ކުރެވިފައިވާއިރު، ދެން ތިބި މީހުންނަށް ދަނީ އެމަޖެންސީގައި ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






