Tuesday, October 6
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ފޮޓޯ- ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން ހިމަނައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި އެ ބޭފުޅުންގެ ނަންތައް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުން:

  • އަހްމަދު ޝަފްނީޒް، ބަކީޗާގެ (ސ. ހުޅުދޫ)
  • އަހުމަދު މައުސޫމް، ވ. މިއަރެސް
  • މަރިޔަމް ޖައިދާ، ކަނދުގަސްދޮށުގެ (ކ. ދިއްފުށި)

މި ސިޓީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުމާ ގުޅިގެން، ޖަލްސާގެ ރިޔާސަތުން ނިންމެވީ އެ ތިން ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު