Tuesday, October 6
ފްލައިދުބާއީގެ ކޯ-ޕައިލެޓް ފްލައިޓް ޓްރެއިނިންގގެ ބައެއް ނިއުޒިލެންޑުގައި ފުރިހަމަކުރި ކަމަށް ފުލުހުން ބުނެފި

މިދިޔަ ހަފުތާގައި ބޯޓު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފްލައިދުބާއީގެ ފްލައިޓް FZ1073 ގެ ކެޕްޓަނަށް އިމަޖެންސީ ކޯރާޑިއަކުން ހަމަލާދިން ކޯ-ޕައިލެޓަކީ، މީގެ ހަތް އަހަރު ކުރިން ނިއުޒިލެންޑުގައި ފްލައިޓް ޓްރެއިނިންގ ހެދި މީހެއް ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އިމިގްރޭޝަން ރެކޯޑުތަކުން ދައްކާ ގޮތުގައި، މިހާރު އުވާލާފައިވާ ޔޫކޭ ކުންފުންޏެއްގެ ތަމްރީނު ފުރިހަމަކުރުމަށްޓަކައި ސްޓޫޑެންޓް ވިސާއެއްގައި އޭނާ ނިއުޒިލެންޑުގައި އުޅުނީ ނޮވެމްބަރު 2018 އިން މެއި 2019 އަށެވެ. ނިއުޒިލެންޑުގެ ފުލުހުން ދަނީ އެ ދުވަސްވަރުގެ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޔޫއޭއީގެ ޕްރޮސެކިއުޓަރ ޖެނެރަލް މި ހާދިސާ ސިފަކުރައްވާފައިވަނީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. މަސްދަރުތަކުންނާއި އިސްރާއީލުގެ އޮފިޝަލުން އޭނާއަކީ އޮމާންގެ ރައްޔިތެއް ކަމަށްވާ ހަމާމް އަލް-ހައްމާމީ ކަމަށް ބުނި ނަމަވެސް، ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުންނާއި ފްލައިދުބާއީން އޭނާގެ ވަނަވަރު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ މިހާރު ހުރީ ޔޫއޭއީގެ ބަންދުގައެވެ. މީގެއިތުރުން، އެ މީހާއާއި އޮސްޓްރޭލިއާއާ އެއްވެސް ގުޅުމެއް އޮތްތޯ އެ ގައުމުގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު