Tuesday, October 6
ހިފާފައިވާ ބިންތަކުން ފޭބުމަށް ސީރިޔާއިން އިސްރާއީލަށް ގޮވާލައިފި

އިސްރާއީލުން ސީރިޔާގެ ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، އެ ގައުމުގެ ހިފާފައިވާ ހުރިހާ ބިންތަކުން އިސްރާއީލު ސިފައިން ވަގުތުން ފޭބުމަށް އދ. ގެ ހަވަނަ ކޮމިޓީގައި ސީރިޔާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް އޮލާބީ ވަނީ ގޮވާލައްވާފައެވެ.

އިސްރާއީލުގެ މި ހަމަލާތަކުގެ ސަބަބުން ސީރިޔާގެ ސަލާމަތާއި ހަމަޖެހުމަށާއި، ޓެރަރިޒަމާ ދެކޮޅަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ޓެރަރިޒަމަށް މަގުފަހިވާ ފަދަ ނާޒުކު މާހައުލެއް އުފެދެމުންދާ ކަމަށް އޮލާބީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުމަށާއި، ހަމަލާތައް ހުއްޓާލުމަށް 1974 ގައި ވެފައިވާ ޑިސްއެންގޭޖްމަންޓް އެއްބަސްވުމަށާއި އދ. ގެ ކަމާގުޅޭ ގަރާރުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ސިރިޔާއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު