Tuesday, October 6
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކަކީ އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން އަންގައިދޭ މެސެޖެއް

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އާންމުން މަރުވަނީ ނުސީދާ ގެއްލުމެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ ފަލަސްތީނު ރައްޔިތުންނަށް ގަސްދުގައި ދެމުންދާ މެސެޖެއް ކަމަށް ސިޔާސީ ދިރާސާވެރިޔާ އަދި ލިޔުންތެރިޔާ އަޙްމަދު އަލް-ތަނާނީ ވިދާޅުވެއްޖެއެވެ. އަލްޖަޒީރާއަށް ދެއްވި މައުލޫމާތުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ދޭ ކޮންމެ ބޮމުގެ ހަމަލާއަކުން ލިބޭނެ ގެއްލުމުގެ މިންވަރު އިސްރާއީލު ސިފައިންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ޣައްޒާގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން ދެއްކުން ކަމަށާއި، ދިރިހުރި ކޮންމެ މީހަކީ ވެސް އަމާޒެއްގެ ގޮތުގައި އެ ފަރާތްތަކުން ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނޫސްވެރިންނާއި ލިޔުންތެރިން ފަދަ އާންމުން މަރާލުމަށްފަހު، އެމީހުންނަކީ ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅުން އޮތް ބައެއްގެ ގޮތުގައި ދައްކަން އިސްރާއީލުން މަސައްކަތްކުރާ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

އަލް-ތަނާނީ ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭން ބޭނުންވާ ސާފު މެސެޖަކީ ޣައްޒާ ދޫކޮށް ދިޔުން ނުވަތަ މިސައިލް ހަމަލާތަކާ ކުރިމަތިލުން ފިޔަވައި އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު