Wednesday, October 7
އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅަން އެމެރިކާއިން ތައްޔާރުވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ (އައިސީސީ) ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އެމެރިކާގެ ޓްރެޜަރީން މި ފިޔަވަޅު އަޅައިފިނަމަ، ހުއްދައެއް ނެތި އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކުން އެ ކޯޓަށް ފައިސާ، މުދާ، ނުވަތަ ޚިދުމަތް ފޯރުކޮށްދިނުން މަނާވާނެއެވެ.

މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ އައިޓީ ޚިދުމަތްތަކަށާއި، އިންޝުއަރެންސް ހޯދުމަށާއި، ތަހުގީގުކުރާ ފަރާތްތައް ވަޒީފާއަށް ނެގުމުގެ އިތުރުން މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ކޮންމެ ދުވަހެއްގެ މާލީ މުއާމަލާތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އައިސީސީގެ އިސްވެރިން ވަނީ އިންޒާރު ދެއްވާފައެވެ.

އެމެރިކާއިން މި ފިޔަވަޅުތައް އަޅަން ރާވަނީ އިސްރާއީލުގެ ވެރިން ހައްޔަރުކުރުމަށް އައިސީސީން ނެރެފައިވާ އަމުރުތަކާއި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި އަމަލުތަކުގެ ތަހުގީގު ހުއްޓުވުމަށެވެ.

ޣައްޒާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމާއި ޓްރަމްޕް އަލުން ވެރިކަމަށް އައުމާއެކު، އައިސީސީއަކީ ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލުހޭދު ކުރުމާއި، އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް 2002 ވަނަ އަހަރު އުފެއްދި ކޯޓަކަށް ވާއިރު، ދުވަހަކުވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެންބަރު ޤައުމެއްގެ ގޮތުގައި ނުވާ އެމެރިކާއިން، އެ ކޯޓު އެކަހެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު