Wednesday, October 7
އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

21 ސެޕްޓެންބަރު 2024: މަޒުމޫނު ލިޔުމުގެ 39ވަނަ ގައުމީ މުބާރާތުގެ ތެރެއިން - ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ "ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތް – 2026" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. އޮފީސްތަކުގެ ބައިގައި ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

މި މުބާރާތުގައި ހިމެނޭ މައިގަނޑު ތިން ބަޔަކީ ރީތިލިޔުމާއި، އަވަސްލިޔުމުގެ އިތުރުން އަތްތެރިލިޔުމެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މި ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކަށް ގިނަވެގެން ފަސް މުވައްޒަފުން ބައިވެރިކުރެވޭނެ ކަމަށް އެކެޑަމީން މައުލޫމާތު ދެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިގައި ބައިވެރިވެވޭނީ 31 ޑިސެންބަރު 2025 އަށް އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު