މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ވިޔަފާރި ކުރިއެރުވުމާއި، ޢުމްރާނީ ތަރައްޤީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ޙާޞިލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ދިވެހިރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ދެފަރާތުންމުންވެސް ވަނީ އެއްބަސްވެފައެވެ.






