އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ. މާވަށު، މާޒީ، އަލްއުސްތާޛު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމުގެ ފަތްކޮޅު އަބްދުލްއަޒީޒަށް އަރުވާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެއާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަބްދުލްއަޒީޒު އެ މަގާމަށް ހަމަޖައްސަވާފައެވެ.
އަބްދުލްއަޒީޒަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުރުއްވި ބޭފުޅާއެވެ. އެގޮތުން 2014 އިން 2019 އަށް އޭނާ ވަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައެވެ. ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަދި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަބްދުލްއަޒީޒު އެންމެ ފަހުން ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މި ލިޔުން ކިޔާލުމުން



