Thursday, October 22
ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ސަރަހައްދުގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އޮތޯރިޓީއަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ހަވީރު 17:10 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

މި އެކްސިޑެންޓް ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ އިތުރުން، މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު