Thursday, October 22
ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން މިނިސްޓްރީގައި އެދެފި

ގދ. ތިނަދޫގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދާ ކުންފުނިން ކައުންސިލްގެ ހުއްދައަކާ ނުލައި އެރަށު ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅި މައްސަލައެއްގައި އެ ކުންފުނި ޖޫރިމަނާކޮށްދިނުމަށް އެދި ތިނަދޫ ކައުންސިލުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖީނިއަރިން ކުންފުނިން އަންނަނީ އެރަށުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ތިނަދޫ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އެ ކުންފުނިން އެ ސަރަހައްދުގައި އޮތް 6,923 އަކަފޫޓުގެ ކުޅިއަށް ޑީވޯޓަރިން ކުރި މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނައީ އެރަށުގެ ޒުވާނުންތަކެކެވެ.

މޭޔަރުގެ ސިޓީގައި ވިދާޅުވެފައިވަނީ، ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުޅިއަށް ސްވިފްޓް އިންޖީނިއަރިންއިން ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެ ކުންފުންޏާމެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު