Thursday, October 22
އެލްޖީއޭގެ ހުއްދަނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ ގެ ލިޔުމުން ލިބޭ ހުއްދައަކާ ނުލައި އެއްވެސް މުވައްޒަފަކު ނުނެގުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެ އޮތޯރިޓީން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ހަރަދުވާ ގޮތަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެއެވެ. މީގެ އިތުރުން ވަގުތީ ބޭނުންތަކަށާއި މަޝްރޫއުތަކަށް ނަގާ ކޮންޓްރެކްޓް، ވޭޖް، އަދި ކޮންސަލްޓަންސީ ފަދަ އުޖޫރަ ދެވޭ އެއްވެސް މަގާމަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީވެސް އެ އޮތޯރިޓީގެ ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ.

ލާމަރުކަޒީ ނިޒާމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ ދަށުން ކޮންމެ އަތޮޅަކަށް ހާއްސަ އޮފީހެއް ވަނީ އުފައްދާފައެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރުމަށްޓަކައި ލާމަރުކަޒީ ގާނޫނަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު