Thursday, October 22
ދުއްވާ އުޅަނދުގެ ކޮންޓްރޯލް އެހެން މީހަކަށް ދިނުން ކުށަކަށް ހަދައި ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައިފި

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން، ދުއްވާފައިދާ އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކާ، ލައިސަންސް ނެތް މީހަކާ ނުވަތަ ފަސިންޖަރު ސީޓުގައި އިން މީހަކާ ހަވާލުކުރުމަކީ ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވާ މި ގާނޫނުގައިވާ ގޮތުން، މިފަދަ އަމަލެއް ހިންގައިފިނަމަ އަދަބުގެ ގޮތުގައި 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިގޮތަށް ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، އަދަބެއްގެ ގޮތުން 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަނިޔާގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، ކުށްކުރި މީހާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ. މީގެ އިތުރުން، ކުށްކުރި ފަރާތުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކޮށް، އެ މުއްދަތުގައި އަލުން ލައިސަންސް ނެގުމުގެ ހައްގުވެސް ގެއްލިގެންދާނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު