Thursday, October 22
މިފްކޯގެ ޗެއަރޕަރސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި، އެ ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އިން ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމުގެ ގާނޫނީ ބާރުގެ ދަށުން ފާއިޒް މިފްކޯގެ އިސް މަގާމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ފާއިޒަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުމުގައި ގިނަ ދުވަސްތަކެއްވަންދެން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މިފްކޯގެ ޗެއަރމަންކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ބޯޑުގެ ޗެއާމަންގެ މަގާމުގައެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފައިދާ ކުރުވަނި ކުންފުންޏަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިޞްލާޙީ ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައި، މިފްކޯގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ފާއިޒު ވަނީ މި މަޤާމަށް ހަމަޖައްސަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު