Thursday, October 22
ބުޅާ ގެންގުޅެން ވަކި ރަށެއް ތަރައްޤީކުރުމަށް ބައިނަލްއަޤުވާމީ ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފި
ބުޅާ ގެންގުޅުމަށް ޚާއްޞަ ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް، ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭހެން ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށާއި، މިހާރު ކުރިއަށްދަނީ ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަރުޙަލާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޒަމާނީ ފެސިލިޓީތަކާއެކު މިފަދަ ރަށެއް ހިންގިއްޖެނަމަ، މިއީ ބައިނަލްއަޤުވާމީ ކޮމިއުނިޓީގެވެސް ބޮޑު ޝައުގުވެރިކަމެއް ލިބި، ބުޅަލަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2024 ނޮވެމްބަރު 2 ގައި ހުޅުވި "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އެތަން ފުޅާކުރުމުން 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިވަގުތު އެ ސެންޓަރުގައި 280 ބުޅާ އެބަތިއްބިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު