Thursday, October 22
3 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ: މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުމުރުން އެންމެ 3 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައިގައި ކުއްޖާގެ މަންމަގެ ބައިވެރިވުމެއް އޮތްތޯ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުއްޖާގެ އުމުރުން 28 އަހަރުގެ ބައްޕަ މިދިޔަ ހުކުރު ދުވާލު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

އާންމުންގެ ތެރޭގައި ކުއްޖާގެ މަންމައަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގައި މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯއާއި، އޭނާގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށެވެ.

މީގެއިތުރުން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމިލީ އެންޑް ވެލްފެއާ ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު