Thursday, October 22
އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް އަމީން އިސްތިއުފާ ދެއްވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން، ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފިއެވެ.

ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ދާނިޝްގެ އިސްތިއުފާއާ ގުޅިގެން އެސްޓީއޯއިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި، ކުންފުނީގެ ބޯޑުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކޮށްދެއްވި އިޚްލާޞްތެރި ހިދުމަތްތަކަށާއި ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހުސްވެފައިވާ ބޯޑު މެންބަރުކަމުގެ މަގާމަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް، ކަމާބެހޭ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު