Thursday, October 22
އައްޑޫ ހަންކެޑެ ކޯޕަރޭޝަންގެ އެމްޑީއަކަށް ޒަމްރާ ހަމަޖައްސައިފި
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް  ގެސީސީއޯ އައިޝަތު ޒަމްރާ ޒާހިރު ވަނީ ހަމަޖައްސަވާފައެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތް ނަމަވެސް، އަދިވެސް ހުންނެވީ ބީއެމްއެލްގެ ސީސީއޯގެ މަގާމުގައެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާކުރުމުގެ މައިގަނޑު ބޭނުމުގައި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ކުންފުނިތަކުގެ ގާނޫނުގެ ދަށުން ރައީސް ނެރުއްވި ގަރާރަކުން އުފެއްދެވި މި ކުންފުނީގެ މައިގަނޑު އަމާޒަކީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ހަންކެޑެ ތަރައްގީކޮށް، ޓޫރިޒަމް ސިނާއަތުން ލިބޭ މަންފާ މުޅި އައްޑޫއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ.

މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން  ގެ ދަށުން ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، ފައިސާ ހަމަނުޖެހިގެން މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން އެ އެގްރީމެންޓް ވަނީ ބާތިލުކޮށްފައެވެ. އަދި އަލަށް އުފެއްދި ކުންފުނިން މިހާރު ނިންމާފައިވަނީ ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން "ހަލާލް ޓޫރިޒަމް" ކޮންސެޕްޓަށް ހަންކެޑެ ތަރައްގީކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު