Thursday, October 22
އިންޝުއަރެންސް ގާނޫނުގެ ދަށުން ހެދި ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފި
ދިވެހިރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެކުލަވައިލި ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފިއެވެ. އެއީ "އިންޝުއަރެންސަށް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދު" އާއި "އިންޝުއަރެންސްގެ އާންމު މާއްދާތަކުގެ ގަވާއިދު" އެވެ.

ރިސްކާ ގުޅޭ ގަވާއިދުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހުރި ރިސްކުތައް ކަނޑައެޅުމާއި، އެފަދަ ރިސްކެއް ކަވަރުކުރުމަށްޓަކައި ރާއްޖޭގައި ލައިސެންސް އޮންނަ އިންޝުއަރެންސް ކުންފުންޏަކުން ޕޮލިސީ ނެގުމުގެ އިސްތިސްނާ ލިބޭނެ ހާލަތްތައް ބަޔާންކުރުމެވެ. މި ގަވާއިދުގެ ދަށުން ރިސްކުގެ ގޮތުގައި ބެލެވޭ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައިވާ އުފުލޭ އަދި ނުއުފުލޭ މުދަލުގެ ރިސްކުތަކާއި، އާންމު ފަރުދުންނާއި ވިޔަފާރިތަކާ ގުޅޭ ރިސްކުތަކުގެ އިތުރުން ލަޔަބިލިޓީ ރިސްކުތައް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުގެ އިންޝުއަރެންސް ޕޮލިސީއެއް ނެގޭނެ އުސޫލުތަކާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތްތައްވެސް ވަނީ އެކުލަވައިލައިފައެވެ.

އިންޝުއަރެންސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވަނީ އިންޝުއަރެންސް ވިޔަފާރި ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރު ކަމުގެ ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތަކެވެ. މީގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކަށް ލައިސެންސް ދިނުމާއި އިންޝުއަރެންސް ފަންޑު ގާއިމުކުރުމުގެ ގަވާއިދުތައް ހިމެނޭއިރު، ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 2 މިލިއަން ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު