Thursday, October 22
މާލޭގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް އިން ނިއްވާލައިފި
މާލޭގެ ބިސްބުރު ކައިރި ހުންނަ "ބްލޫ ސެވަން" ރެސްޓޯރެންޓުގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް  ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކާމިޔާބުކަމާއެކު ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓު މިއަދު މެންދުރުފަހު 14:48 ހާއިރު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން 14:58 ހާއިރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ރެސްޓޯރެންޓުގައި ހުރި އަޅިކެނޑިއެއްގައި ރޯވެގެން ކަމަށް ބެލެވޭއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު