Monday, October 12
ނީލަމުގައި ވިއްކާލި މޭޒަކީ ރައީސުން ބޭނުންކުރެއްވި މޭޒެއް ނޫން: ރައީސް އޮފީސް

ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ އެއްވެސް ރައީސަކު ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއް ނޫން ކަމަށާއި، އެއީ ކަތުރުފަނި އަޅައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން އުސޫލާ އެއްގޮތަށް ނީލަންލީ އެއްޗެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ނީލަމަށްލާ ފަރުނީޗަރުގައި ދައުލަތުގެ ނިޝާން ހުރިނަމަ އެ ނައްޓާލާ ކަމަށެވެ. ނަމަވެސް، މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ރައީސުން ބޭނުންކުރެއްވި މޭޒެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން، މިފަދަ ހަބަރުތައް ފެތުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު އާންމުނުކުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު