Monday, October 12
ސިޑްސް އަކީ އީޖާދީ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމްގައި ވާހަކަފޫޅުދައްކަވަނީ / ފޮޓޯ- ރައީސް އޮފީސް

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ބައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އީޖާދާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ ރާއްޖޭގައި ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމް އިފުތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރި އީޖާދުތަކަށް ބަދަލުކުރުމުގައި ޕްރައިވެޓް ސެކްޓަރާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކުދި ޤައުމުތަކަކީ އައު ފަންނިއްޔާތާއި އިޤުތިޞާދީ ޙައްލުތައް ތަޖުރިބާކުރާ "ލެބޯޓަރީ" ތަކަކަށް ހެދިދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން ޑިޖިޓަލް ފަންނިއްޔާތު ބޭނުންކޮށްގެން އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަންނަން ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ޒުވާނުންނާއި އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ދިނުމާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނު އަދާހަމަކުރުމުގެ އިތުރުން 2027 ގައި ޤާއިމުކުރާ ޓްރޭޑް އެކްސެލެރޭޝަން ޒޯނާއި ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް ރައީސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވާހަކަފުޅު ނިންމަވާލެއްވީ، ޖަޒީރާ ޤައުމުތަކުގެ އީޖާދީ ޚިޔާލުތައް ބައިނަލްއަޤްވާމީ ބާޒާރުތަކާއި ގުޅުވައިދޭ މަރުކަޒީ މަންސައަކަށް ޖީ.ބީ.އެން ހެދުމަށް އދ. ގެ ކަމާބެހޭ އިދާރާއަށް ގޮވާލައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު