Tuesday, October 13
ހޮރްމުޒް ކަނޑުއޮޅީގެ ކަންކަމާ ގުޅޭގޮތުން ނޭޓޯގެ މެންބަރުން މަޝްވަރާކޮށްފި

ހޮރްމުޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމަށް އެހީތެރިވުމުގެ ގޮތުން ދެވިދާނެ އެއްބާރުލުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް، ނޭޓޯގެ އިސް ކޮމާންޑަރު މި ހަފުތާގައި ވީޑިއޯ ކޮންފަރެންސެއް ބޭއްވެވި ކަމަށާއި، ނަމަވެސް މިއީ ނޭޓޯގެ ރަސްމީ މިޝަނެއް ނޫން ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ޔޫ.އެސް އެއާ ފޯސް ޖެނެރަލް އެލެކްސަސް ގްރިންކެވިޗްގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޝައުގުވެރިކަން ހުރި ގައުމުތަކުގެ ޗީފް އޮފް ޑިފެންސް ފެންވަރުގައި ސުޕްރީމް ހެޑްކުއާޓާސް އެލައިޑް ޕަވާސް ޔޫރަޕް (ޝޭޕް) މެދުވެރިކޮށެވެ.

ތަރުޖަމާނު ވިދާޅުވީ މިއީ ނޭޓޯގެ ރަސްމީ މިޝަނެއް ނޫން ކަމަށާއި، ނަމަވެސް ބައިވެރި ގައުމުތައް އެއްތަންކުރުމާއި އެ ގައުމުތަކުގެ ގާބިލުކަން ދެނެގަތުމުގައި ނޭޓޯއަށް ލިބިފައިވާ ޚާއްސަ ތަޖުރިބާގެ ސަބަބުން މިކަމަށް މަގުފަހިކޮށްދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށެވެ.

ނޭޓޯގެ ބައިވެރި ޤައުމުތަކުން އީރާނުގެ މައްސަލައިގެ ތެރެއަށް ސީދާ ގޮތެއްގައި ނުވަދެ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އިއްތިހާދުން ބޭރުން ރޭވުންތައް ރޭވުމަށް އިސްކަންދެމުންދެއެވެ.

މައްސަލަތައް ހައްލުވުމުން އެ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގާތްގަނޑަކަށް ބާރަ ޤައުމު ހިމެނޭ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފްރާންސާއި އިނގިރޭސިވިލާތުން އިސްނަގައިގެން ކުރިއަށްގެންދިޔަ ނަމަވެސް، ދުރު ރާސްތާގެ އެއްވެސް އިންތިޒާމަކަށް އެންމެ ފަހުން އީރާނުގެ ރުހުން ބޭނުންވާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު