Tuesday, October 13
ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް އެސްޓީއޯއިން ތައާރަފްކޮށްފި

އަލްޓްރާ ސައުންޑު ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް ކަމަށްވާ "ވީ ސްކޭން" އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އުފެއްދުން ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްގެ އިތުރުން ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި އާ މޮޑެލްތަކުގެ ސަބަބުން ކޮންސަލްޓޭޝަން ރޫމްތަކަށް ވުރެ ބޮޑަށް ބަލިމީހުންނާ ވީހާވެސް ކައިރިން ސްކޭންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެއެވެ. މިއީ އެޕަލް އަދި އެންޑްރޮއިޑްގެ ފޯނުތަކާއި ލެޕްޓޮޕަށް ގުޅައިގެން ސްކޭންކުރުމާއެކު އިމޭޖްތައް ފަސޭހައިން ހިއްސާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އީޖާދީ ޑިވައިސްއެކެވެ.

އަދި މި މެޝިންތަކުގެ ހިދުމަތް ހަރުދަނާކޮށް ސާވިސްކުރުމަށްޓަކައި އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑު ފަދަ ކޮންމެ މޮޑެލްއަކަށް ހާއްސަ ސެޓިފައިޑް އިންޖީނިއަރުން ވަނީ ތަމްރީނުކޮށްފައެވެ. އެސްޓީއޯއިން ގަބޫލުކުރާ ގޮތުގައި މިއީ ދިވެހިންނަށް އީޖާދީ މެޑިކަލް އުފެއްދުންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު