Tuesday, October 13
މަޑުއްވަރީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި

ރ. މަޑުއްވަރީގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 800 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކައިން ބުނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހު އެ ރަށަށް ގެންދެވުނު މި ޖެންސެޓް އިންސްޓޯލްކޮށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ޖެންސެޓުން ރަށަށް ކަރަންޓު ދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި އައު ޖެންސެޓާއެކު، މަޑުއްވަރީ އިންޖީނުގޭގައި ބޭނުންކުރާ ޖެންސެޓްތަކުގެ އަދަދު 4 ކަށް އިތުރުވެގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 800 ކިލޯވޮޓުގެ 3 ޖެންސެޓާއި 500 ކިލޯވޮޓުގެ 1 ޖެންސެޓެވެ.

މި ޖެންސެޓް ގެންދިއުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 2,100 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 2,900 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.

ފެނަކައިން ބުނީ މި ކުރިއެރުމުގެ ސަބަބުން، ޕީކް ގަޑިތަކުގައާއި ކުރިމަގުގައި ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު