Tuesday, October 13
ޑްރަގް ފަރުވާގައި އޭއައި ބޭނުންކުރަން އެންޑީއޭއިން ޗައިނާގެ ޔުނިވާސިޓީއަކާއެކު އެއްބަސްވެއްޖެ

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ނެޝަނަލް ޑްރަގް އޭޖެންސީ އިން ފޯރުކޮށްދޭ ފަރުވާގެ ނިޒާމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށްޓަކައި ޗައިނާގެ ޔުނާން ޔުނިވާސިޓީއާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެންޑީއޭއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެ އިދާރާއިން ދޭ ރިހެބިލިޓޭޝަނާއި ނަފުސާނީ އެހީތެރިކަމުގެ ޚިދުމަތްތަކުގައި އޭއައިގެ ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާގެ ފެންވަރު މަތިކުރުމެވެ. މި އެމްއޯޔޫގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އަޙްމަދު ޞިއްދީޤެވެ. ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، ފަރުވާގެ ނިޒާމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ޔުނާން ޔުނިވާސިޓީގެ ފަރާތުން ވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

އެންޑީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ބައި މިލިއަނެއްހާ އާބާދީގެ ތެރެއިން 10,000 އަށްވުރެ ގިނަ މީހުން ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަރުވާދޭ 9 މަރުކަޒެއް ހުރި ނަމަވެސް، އެ ތަންތަނުގެ ޖާގަ އިތުރުކުރަން ވަނީ ޖެހިފައެވެ. މީގެއިތުރުން، ފަރުވާ ނިންމުމަށްފަހު މުޖުތަމަޢުއަށް ނުކުންނަ މީހުންނަށް އާއިލާއާއި މުޖުތަމަޢުގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން، އަލުން އެ ވަބާގެ ތެރެއަށް ދިއުމަކީ ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން އެންޑީއޭއިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު