Tuesday, October 13
ދޮންދޫނި ޕްރީސްކޫލުގެ ކެމްޕަހެއް ހުޅުމާލޭގައި ގާއިމުކުރަނީ

ފޮޓޯ- ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލް

ދޮންދޫނި ލިޓްލް ލާރނާރސް ޕްރީސްކޫލުގެ އާ ކެމްޕަހެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް އެ ސްކޫލުން ވަނީ ފަށާފައެވެ. އެ ސްކޫލުން މައުލޫމާތު ދޭ ގޮތުގައި، މާލޭ ކެމްޕަހުގެ އިތުރުން ހުޅުމާލޭ ކެމްޕަހުގައިވެސް ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ތައުލީމީ އައު އަހަރާއެކު ކިޔަވައިދޭން ފެށޭނެއެވެ.

އަލަށް ގާއިމުކުރާ ކެމްޕަސް ހުންނާނީ ހުޅުމާލެ ދެވަނަ ފޭސްގެ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ އިރަށް، ހިޔާ ފްލެޓްތައް ކައިރީގައިވާ ބާބަކިއު އަދި ގާޑިޔާ ސަރަހައްދުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ސްކޫލް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިމާރާތުގެ މަސައްކަތް ނިންމައި ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުސަތު ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލުމަށް ވަނީ ރޭވިފައެވެ.

ހުޅުމާލޭގައި ދޮންދޫނި ޕްރީސްކޫލުގެ ގޮތްޕެއް ހުޅުވުމަކީ ގިނަ ބެލެނިވެރިންތަކެއް އެދެމުންދިޔަ ކަމަކަށްވާތީ، މިހާރުވެސް ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ކުދިންގެ ނަން ނޯޓުކޮށް ވެއިޓްލިސްޓް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު