Tuesday, October 13
ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ ކުންފުންޏަކަށް ބިން ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ރަސްމާލެ މަޝްރޫއުން 500 ހެކްޓަރުގެ ބިން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ.

މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މައްސަލައަކީ ސީދާ ފުރަތަމަ މަރުހަލާގައި އެންމެ މަތީ ކޯޓަށް ހުށަހެޅޭ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ.

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއަކީ 99 އަހަރުގެ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދީގެން، ސަރުކާރާއި އީގަލް ހިލްސް ކުންފުނި ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި އެއްބަސްވުމުގެ ދަށުން 5،000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ފަންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު