Tuesday, October 13
ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް ކައުންސިލުން 100,000 ރުފިޔާގެ އެހީއެއް ދީފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ރަށުގެ ތިން ސްކޫލުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ ސްކޫލަކަށް 100,000 ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެހީ ދީފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ގްރާންޓަކީ ސްކޫލްތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގައިވާ ކަންކަން ހާސިލުކުރުމަށާއި، ތައުލީމީ ފެންވަރު މަތިކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް ދެވޭ އެހީއެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށާއި، ސްކޫލްތަކުގެ ޕީޓީއޭއިން ފަންޑު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީވެސް މި އެހީގެ މައިގަނޑު މަގުސަދެކެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނީ ކޮންމެ އަހަރަކުވެސް އެ ރަށުގެ ސްކޫލްތަކަށް މިފަދަ އެހީތައް ފޯރުކޮށްދެމުންނެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100,000 ރުފިޔާ ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50,000 ރުފިޔާގެ އެހީއެއް ކައުންސިލުން ވަނީ ދީފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު