Saturday, October 17
ފެނަކަ ހެޑް އޮފީހުގެ މުވައްޒަފުންނަށް "އަރުތަ" ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ފެނަކަ ރެކްރިއޭޝަން ކްލަބާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ފެނަކަ ހެޑް އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި "އަރުތަ" ޕްރޮގްރާމް ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕުރޮގުރާމުގެ ފުރަތަމަ ބައި ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ސެޝަންގައި "ޓައިމް މެނޭޖްމަންޓް އެންޑް ޕްރޮޑަކްޓިވިޓީ" އާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޑިވެލޮޕްމަންޓް އެންޑް ރިސާރޗް އާއިޝަތު ނީލަމް ރަޝީދެވެ.

ޕްރޮގްރާމުގެ ދެވަނަ ބައި ކުރިއަށްގެންދިޔައީ ހޮނިހިރު ދުވަހު ކުޑަގިރީގައެވެ. މި ބައިގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި "ޓީމް ބިލްޑިންގ" ހަރަކާތްތަކެވެ.

ފެނަކައިން ބުނީ އެ ކުުންފުނީގެ ހެޑް އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލަށް ބޭނުންތެރި، ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުހިންމު ތަމްރީނެއްކަން ބައިވެރިން ވަނީ ފާހަގަކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު