Saturday, October 17
ފަހި ފްލެޓްތައް ކައިރީގައިވާ ހުސްބިންތައް ޕާކުތަކުގެ ގޮތުގައި ތަރައްގީކުރަނީ
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ފްލެޓްތައް ކައިރީގައިވާ ހުސްބިންތައް، ހިޔާ ފްލެޓް ސަރަހައްދުގައިވެސް ކަންކޮށްފައިވާ ގޮތަށް ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން އިން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ "މަދިރިން ރައްކާ" ތީމްގެ ދަށުން ފަހި ފްލެޓް ސަރަހައްދު ސާފުކުރުމަށް ބޭއްވި ކޮމިއުނިޓީ ހަރަކާތުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އެޗްޑީސީ، އެފްޑީސީ، ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ހިންގި މި ހަރަކާތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުނި ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރުމަށްފަހު އެފްޑީސީއާ ގުޅިގެން އެތަންތަނުގައި ޕާކުތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އަލީ ޒުހައިރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ސަރަހައްދުތައް ތަރައްގީކުރެވޭނީ ކުޑަކުދިން ކުޅޭނެ ވަސީލަތްތަކާއި، ހޮޅުއަށި އަދި ޖޯލިފަތި ފަދަ އާންމުންނަށް އިޖުތިމާއީ ގުޅުން ބަދަހިކުރެވޭނެ ފަދަ އިންތިޒާމުތަކާއެކުގައެވެ. އަދި ހުޅުމާލެއަކީ އެންމެންނަށްވެސް ސާފު، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު