ހުޅުމާލޭގައި މިހާރު ހުރި އިންޖީނުގެއާ އިންވެގެން 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި ފެށުމަށް ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "ފިފްތް ޕަވަރ ޕްރޮޖެކްޓް"ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާތީ ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން ކުރިން ހައި-ސްޕީޑް ޖެންސެޓްތައް ބޭނުންކުރި ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި މީޑިއަމް-ސްޕީޑް ޕަވަރ ހައުސްއެއް ބިނާކުރުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.



