Thursday, November 5
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރަސްމީ ދަތުރުފުޅެއްގައި އއ. އުކުޅަހަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންނެވުމުން އެ ރަށު ބަނދަރު ސަރަހައްދުން އުކުޅަހު ކައުންސިލާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

އެއް ދުވަހުގެ މުއްދަތަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އުކުޅަހުގައި މިހާރު ކުރިއަށްދާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (އިންޓޯސައި) އިން ބާއްވާ އައިޓީއައި ގްލޯބަލް ސަމިޓް 2026 ފެށުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު