Thursday, November 5
މަތިވެރީގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރަނީ

އއ. މަތިވެރި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަތިވެރީގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.

މެގަލިންކްސްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަސައްކަތުގެ ޖުމުލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސް ހާސް ފައްސަތޭކަ ތިން ރުފިޔާ ފަންސާސް ހަލާރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު