ދިވެހިންގެ ދިރިއުޅުމާއި، މަސައްކަތް އަދި މުއާމަލާތްކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ އޫރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ހިލޭ އައިސްކްރީމް ބެހުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
އޫރީދޫއިން މަޢުލޫމާތު ދޭ ގޮތުގައި، މާދަމާ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި އިވެންޓު ޖުމްލަ 5 ސަރަހައްދެއްގައި އޮންނާނެއެވެ. އެއީ:
Advertisement
- އުރީދޫ ޑިޖިޓަލް ސެންޓަރު (ސަލްމާން މިސްކިތް ކުރިމަތި)
- އުރީދޫ ހެޑް ކުއާޓަރު (ހުޅުމާލެ)
- އޯއީސީ (ހުޅުމާލެ ފޭސް 2)
- އުރީދޫ އޮފީސް (ކުޅުދުއްފުށި ސިޓީ)
- އޯއީސީ (އައްޑޫ ސިޓީ، ހިތަދޫ)
އޫރީދޫއަކީ އެކި މުނާސަބަތުތަކާ ގުޅުވައިގެން އަބަދުވެސް އާންމުންނަށް ޚާއްޞަ އިވެންޓްތަކާއި އޮފާތައް ކުރިއަށްގެންދާ ކުންފުންޏެކެވެ. އެގޮތުން، އަހަރީ ދުވަހާ ގުޅުވައިގެން ހިލޭ 21 ޖީބީ ޑާޓާ ދިނުމާއި، ޑާކާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ހައްޖު ދަތުރެއްގެ ނަސީބުވެރިޔާވެސް އެ ކުންފުނިން ވަނީ ދާދިފަހުން ހޮވާފައެވެ.



