ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ 20 އަހަރުގެ ދިވެހި ޒުވާނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، ރޭ މެންދަމު 2:00 އިން ފެށިގެން އެ ޒުވާނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:14 ހާއިރު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަގުތުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފެށިއިރު، އޭނާ ދުއްވި ސައިކަލު ފެނިފައިވަނީ ލ. ގަން ރިވެރީޒް ބީޗް ސަރަހައްދުންނެވެ.
Advertisement



