Thursday, November 5
އާބާތުރަފިލުވުމަށް އުތީމު ގަނޑުވަރު އޮގަސްޓު 4 ގެ ނިޔަލަށް ބަންދު

ކުރިއަށް އޮތް ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން، އުތީމު ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އެ ތަން ބަންދުކޮށްފައި އޮންނަ މުއްދަތު އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އުތީމު ގަނޑުވަރު އާބާތުރަފިލުވުމާ ގުޅޭގޮތުން އެ މަރުކަޒުން ޖުލައި 19 ގައި ކޮށްފައިވާ އިޢުލާނުގެ މުއްދަތު މިހާރު އޮގަސްޓު 4 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި، ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ތަން ބަންދުވާނެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތްތައް ނިމުމުން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހަށް އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެއެވެ.

ގަނޑުވަރު ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:15 އިން މެންދުރު 13:30 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު