Thursday, November 5
މާޅޮސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

ބ. މާޅޮސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މިހާރުގެ ތަފްސީލްތަކަށް ބަލާއިރު، މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ވަގުތު ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ އެލް ބްލޮކް ޖެހުމުގެ މަސައްކަތާއި ބަނދަރު ފުންކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ތިިރީގައިވާ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ:

  • މިހާރު އޮތް ބަނދަރާއި އައު ބަނދަރުގެ އިތުރުން ޗެނަލް ފުންކުރުން (ޖުމްލަ 58,000 އަށްވުރެ ގިނަ ކިއުބިކް މީޓަރ)
  • ބޯޓު ބީޗިންގ އޭރިއާ ފުންކުރުން (11,709 ކިއުބިކް މީޓަރ)
  • ޗެނަލް ބްރޭކްވޯޓަރާއި ބަނދަރު ބްރޭކްވޯޓަރ ޤާއިމުކުރުން (ޖުމްލަ 302 މީޓަރ)
  • 453 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 40 މީޓަރުގެ ގްރޮއިން ޖެހުން
  • 510 މީޓަރުގެ އެއްގަމު ތޮށިލުމާއި ސްކަވަރ އެޕްރަން ހެދުން
  • 11 މޫރިންގ ބޯއި ހަރުކުރުން
  • 11 މީޓަރުގެ ރޭމްޕެއް ހެދުން
  • ނެވިގޭޝަން ލައިޓާއި 19 ބަނދަރު ލައިޓް ހަރުކުރުން
  • 2,365 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ދަށާއި 363 މީޓަރުގެ ކާބް ޖެހުން

މި މަޝްރޫޢު ނިމުމުން، މާޅޮހުގެ ބަނދަރުގެ ޖާގަ ތަނަވަސްވެ، ބޮޑެތި އުޅަނދުފަހަރަށް ފަސޭހަކަމާއެކު ބަނދަރަށް ކައިރިކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު