Thursday, November 5
ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ސީޕީގެ ޝުކުރު

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ސިއަންހުއާ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި، އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު