Thursday, November 5
"މިނިވަން ރަން" ގެ ނަމުގައި ޚާއްޞަ ދުވުމެއް ބާއްވައިފި

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން "މިނިވަން ރަން" ނަމުގައި ދުވުމެއް އިއްޔެ ބާއްވައިފިއެވެ.

ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ "މިނިވަން ރަން" ފަށްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މިނިވަން ރަންގައި ބައިވެރިވެ 5 ކިލޯމީޓަރުގެ ދުވުން ނިންމި ކޮންމެ ބައިވެރިއަކަށް، މިނިވަން ރަންއާ ގުޅޭ ޚާއްޞަ ބެޖެއް ދީފައިވެއެވެ. މި ބެޖު އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ވަޒީރާއި ވީރަން މޯލްޑިވްސްގެ ފަރާތުންނެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ވީރަން މޯލްޑިވްސް ގުޅިގެން ހުޅުމާލެ ފޭސް 2 ގެ ފެމިލީ ރޫމް ހުރި ސަރަހައްދުން ފެށި މި ދުވުމަކީ 5 ކިލޯމީޓަރުގެ ދުވުމެކެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މިއީ މިނިވަންކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތަކާއި ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު