Thursday, November 5
ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ހިފަހައްޓައި 2،000ރ. އާއި 4،000ރ. އިން ޖޫރިމަނާކޮށްފި

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ފުލުހުން ހިފަހައްޓައި، އެ އުޅަނދުތައް ދުއްވި މީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތިން ސައިކަލު ހިފަހައްޓާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. މިގޮތުން 2026 ޖުލައި 25 ވަނަ ދުވަހު މި އުޅަނދުތައް ވަނީ 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލާގައި ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރެއިން ދެ މީހަކު ވަނީ -/2,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީ، ތިންވަނަ މީހާ ވަނީ -/4,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު