Thursday, November 5
ހުޅުމާލޭ އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލޭ އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހުގެ 13:57 އެހައިކަންހާއިރު ކަމަށެވެ.

އަދި މި ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންކަން އެނގުނު ކަމަށާއި، އެހެންކަމުން، އާންމުންގެ އެހީތެރިކަމާއެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތެވެ. އަދި އަލިފާން ރޯވެފައި ހުރީ ބެލްކަނީގައި ހުރި ލަކުޑި ތަކެއްގައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު