Thursday, November 5
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.1 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުން، ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ، 23 ޖުލައި 2026 ވަނަ ދުވަހު ކަމަށާއި، އަތުލައިގެންފައިވަނީ 3،110 ގްރާމް ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ. މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު